ށ. ޅައިމަގުން ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ޅައިމަގުންވެސް ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި ހުރި މީހެކެވެ.
އެގޮތުން އެރަށު ކައުންސިލުން ބުނެފައި ވަނީ، އެރަށުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ އޮގަސްޓް ނުވަ ވަނަ ދުވަހު ކުރިމަގު-1 ބޯޓުން ރަށަށް އައި ބިދޭސީއެއް ކަމަށެވެ.
އޭނާ ޕޮޒިޓިވްވުމާއި ގުޅުން އެރަށު ކައުންސިލުން ވަނީ ޒަރޫރީ ބޭނުމެއް ނެތި ގެއިން ބޭރަށް ނުނިކުތުމާއި ގޭގެއަށް ޒިޔާރަށް ނުކުރުން ވަނީ އަންގާފައެވެ. އަދި ޒަރޫރީ ބޭނުމުގައި ގެއިންބޭރަށް ނުކުންނަމަ މާސްކު އެޅުމަށް ވަނީ އަންގާފައެވެ.