ފުޅާ ދާއިރާއެއްގައި ކޮރަޕްޝަން މާނަކުރަން ގާނޫނަށް އިސްލާހު

އެންޓި ކޮރަޕްޥަން ކޮމިޝަނުގެ ގާނޫނުގައި މިހާރު ބަޔާންކޮށްފައިވާ ގޮތަށް ވުރެ ފުޅާކޮށް ކޮރަޕްޝަން މާނަ ކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

މި އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

އޭނާ ހުށަހަޅާފައިވަނީ އެ ގާނޫނުގެ 23 ވަނަ މާއްދާގައި ކޮރަޕްޝަން މާނަ ކުރުމާ ގުޅޭ ގޮތުން އިސްލާހު ހުށަހެޅުމަށެވެ. އެގޮތުން ގާނޫނުގައި “ކޮރަޕްޝަން” ކަމަށް ބުނެފައި ވަނީ ކޮރަޕްޝަންގެ ކުށާއި ކޮރަޕްޝަންގެ ކުށެއް ކުރުމަށްޓަައި ހިންގާ އެންމެހާ އަމަލުތައަށް ހިމެނޭ ގޮތަަށް ކަމަށް އިސްލާހުގައި ބުނެއެވެ.

އޭގެ އިތުރުން “ކޮރަޕްޝަންގެ ކުށް” އަކީ ގާނޫނުލްއުގޫބާތުގެ 510، 515، 516 އަދި 517 ވަނަ މާއްދާގައި ކަނޑައަލާފައިވާ ކުށްކުށާއި އެނޫންވެސް ގާނޫނެއްގައި ކޮރަޕްޝްނގެ ކުށް ކަމުގައި ކަނޑައަޅާފައިވާ ކޮންމެ ކުށަކަށް ކަން ބިލުގައި ބަޔާންކޮށްފައިވެއެވެ.

ގާނޫނުލްއުގޫބާތަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ މައިގަނޑު ބޭނުމަކީ ނުހައްގު މުއްސަނދިކަން ހުއްޓުވާ ނުހައްގު މުއްސަނދިކަން ކުށަކަން ހެދުން ކަމަށް ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!