މިނިސްޓަރު ޝާހިދަށް ޗައިނާ ސަފީރުގެ ތައުރީފު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެކި ބަސް ބަހުން ވާހަކަ ދެއްކުމުގައި ވަރަށް ކުޅަދާނަ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

މިފަހުން ބޭރުގެ ގައުމުތަކުގެ ޑިޕްލޮމޭޓުން ބައިވެރިވެގެން ކުރިއަށްގެންދިޔަ ރިސެޕްޝަންތަކުގައި މިނިސްޓަރު ޝާހިދު ވަނީ އެ ގައުމެއްގެ މީހުން ވާހަކަ ދައްކައި މާދަރީ ބަހުން ތަގުރީރު ކުރައްވަން ފައްޓަވައިފަ އެވެ.

އެގޮތުން ރާއްޖޭގެ 55 ވަނަ މިނިވަންދުވަސް ފާހަގަކުރުމަށް މިއަދު ވަނީ ޗައިނާގެ ބެއިޖީންގައި ރިސެޕްޝަނެއް ބާއްވައިފައެވެ. އެ ރިސެޕްޝަންގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން މިނިސްޓަރު ޝާހިދު ވާހަކަދައްކަވާފައި ވަނީ ޗައިނާ ބަހުންނެވެ.

މިނިސްޓަރ ޝާހިދު ދެއްވި ވީޑިއޯ މެސެޖުގައި ދިވެހިރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. މިނިސްޓަރ ޝަހިދުގެ ކުރު ސްޕީޗް ހިއްސާކުރައްވައި ކުރެއްވި ޓްވީޓެއްގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ވިދާޅުވީ މިނިސްޓަރ ޝަހިދު ޗައިނާ ބަހުން ވާހަކަފުޅުދެއްކެވުމަށް ކުރެއްވި މަސައްކަތްޕުޅަކީ ސެޓްފިކެޓެއް ދޭވަރުވާ ކަމަށެވެ.

މިނިސްޓަރު ޝާހިދު ޗައިނާ ބަހުން ވާހަކަދައްކަވާ ވީޑިއޯ ޓުވީޓުކުރައްވާ ޗައިނާ ސަފީރު ވަނީ މިނިސްޓަރަށް ތައުރީފުކުރައްވައިފައެވެ.

އެގޮތުން އަމިއްލަފުޅަށް ބަސްތައް ދަސްކުރުމުގައި މިނިސްޓަރު ވަރަށް ކުޅަދާނަކަމަށާއި، އެކަން ފާހަގަކުރައްވައި މިނިސްޓަރަށް ސެޓްފިކެޓެއް ދޭން ވިސްނަވާކަމަށް ސަފީރު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!