ފޮޓޯ: ގޫގުލް

ވަޒީފާގެ ހާލަތު އިތުރަށް ގޯސްވެ، ކުދި ވިޔަފާރިތައް އެއްކޮށް ހުއްޓިދާނެ: ރިޕޯޓް

ކޮވިޑް-19 ގެ ސަބަބުން ވަޒީފާގެ ބާޒާރަށް އައިސްފައިވާ ކުއްލި ލޮޅުން އިތުރަށް ގޯސްވެ، ހުރިހާ ދާއިރާއެއްގައި ވެސް ވަޒީފާ ނެތުމުގެ މައްސަލަ އިތުވެދާނެކަމުގެ އިންޒާރު އިއްޔެ ނެރުނު ރިޕޯޓެއްގައި ދީފި އެވެ.

އެ ގޮތަށް ބުނެފައި ވަނީ ކޮވިޑުގެ ސަބަބުން ކުރަމުންދާ އަސަރުތަކުގެ މައްޗަށް އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ތައްޔާރުކޮށް، އިއްޔެ ނެރުނު ރިޕޯޓެއްގަ އެވެ. 

ވަޒީފާގެ ހާލަތު އިތުރަށް ގޯސްވުމުގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެއްކޮށް ހުއްޓިދާނެ ކަމުގެ އިންޒާރު ވެސް އެ ރިޕޯޓުގައި ވަނީ ދީފަ އެވެ. 

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުއްޓާލަން ޖެހިދާނެ ކަމަށް ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑުގެ ސަބަބުން ފަތުރުވެރިކަމަށް ކޮށްފައިވާ ނޭދެވޭ އަސަރުގެ ސަބަބުންނެވެ. 

އެކަމަށް އަވަސް ފިޔަވަޅު އެޅުމުގެ ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގިނަ އެހީތަކެއް ސަރުކާރުން ދިނުމަށް އެ ރިޕޯޓުގައި ވަނީ ލަފާ ދީފަ އެވެ. 

މި ރިޕޯޓު ނެރިފައި ވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން އިއްޔެ ހަވީރު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!