ތައިލޭންޑުގެ ވެރިރަށް ބޭންކޮކުން ރާއްޖެއަށް މުދާ ގެންނަން ބޭނުންވާ ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން ކާގޯ ދަތުރެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ސްޕެންސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.
ފިރާގު ވިދާޅުވި ގޮތުގައި އެ ދަތުރު ބޭއްވުމަށް ކުންފުނިން ތައްޔާރުވަމުން އަންނަނީ ގިނަ އަދަދެއްގެ ވިޔަފާރިވެރިންގެ އެދުމުގެ މަތިންނެވެ. އެގޮތުން އަންނަ މަހުގެ 10 ނުވަތަ 15 ގައި އެ ދަތުރު ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު ފިރާގު ވިދާޅުވީ އެ ކާގޯ އުފުލާނީ ސްރީލަންކަން އެއާލައިންގެ ހާއްސަ ފްލައިޓެއްގައި ކަމަށެވެ.
ފިރާގު ވިދާޅުވީ އެ ފްލައިޓުން ކާގޯ ގެންނަން ބޭނުންވާ ފަރާތްތަކުން ސްޕެންސް މޯލްޑިވްސްއަށް ގުޅައިގެން އެކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެ ފްލައިޓުގައި 42 ޓަނުގެ ކާގޯ ގެނެވޭނެކަން ވެސް ފިރާގު ފާހަގަކުރައްވަ އެވެ.