ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ޒީނާ ޒާހިރު މަގާމުން ވަކިކުރުމުގެ މައްސަލާގައި ގޮތެއް ނިންމާނެ ސުންގަޑިއަކީ އޮކްޓޯބަރު 18 ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.
އެ މައްސަލަ މި މަހު 10 ގައި ފެށުމަށް ފަހު މަޑުޖެހުނީ ޒީނާ މެޓާނިޓީ ލީވްގައި ހުންނެވުމުންނެވެ.
އެ މައްސަލާގައި ގޮތެއް ނިންމާނެ ސުންގަޑިއަކީ އޮކްޓޯބަރު 18 ކަމުގައު މިއަދުގެ ކޮމިޓީ ބައްދަލުވުމަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ތާއީދު ކުރެއްވި އެ ހުށަހެޅުން ކޮމިޓީން ފާސްވީ ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.