ޗާޓަޑް އެކައުންޓަންޓުންގެ ބިލު ފާސްކޮށްފި

ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ހުށައެޅުއްވި ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި މި ބިލު ދިރާސާ ކުރުމަށްފަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓު ފާސް ކުރުމަށް 67 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

މި ބިލުގައިވާ ގޮތުން މި ޤާނޫނަށް ޢަމަލު ކުރަން ފެށުމާއެކު “އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް”ގެ ނަމުގައި މިނިވަން މުސްތަޤިއްލު ޝަޚްޞެއް އުފެދުނީއެވެ. މި އިންސްޓިޓިއުޓަށް އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވެއެވެ. އަދި އިންސްޓިޓިއުޓަކީ އަމިއްލަ ނަމުގައި، މުޢާމަލާތުކުރުމުގެ ޙައިޞިއްޔަތު ލިބިފައިވާ ސިއްކައެއް އޮންނަ ޤާނޫނީ ގޮތުން މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ.

މި އިންސްޓިޓިއުޓްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ޗާޓަރޑް އެކައުންޓެންސީގެ ފަންނު ރެގިއުލޭޓްކޮށް ކުރިއެރުވުމާއި އިންސްޓިޓިއުޓްގެ މެންބަރުންނަށް ބޭނުންވާ ތަޢުލީމާއި، ތަމްރީނާއި، އެކަމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ. އަދި އެކައުންޓެންސީގެ ދާއިރާ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ ފަރާތްތަކަކީ އެކައުންޓެންސީގެ ދާއިރާއިން ފަންނީ ތަޢުލީމާއި ފަންނީ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ކަމުގައި ހެދުމަށް މަސައްކަތްކުރުން ވެސް މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!