ބޭރުން ފޮނުވާ ފައިސާ ޖަމާކޮށްދޭ އުސޫލު ބަދަލުކޮށްފި

“ވިސާ ޑައިރެކްޓް” އާއި “މާސްޓާ ކާޑް ސެންޑް” ފަދަ ބޭރުގެ ޑިޖިޓަލް ވޮލެޓުތަކުން ފޮނުވާ ފައިސާ ޑޮލަރު އެކައުންޓަށް ޖަމާކޮށްދިނުން ބީއެމްއެލް އިން ހުއްޓާލައިފި އެވެ.

އެ ބޭންކުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ބޭރުގެ ޓްރާންސްފާ ޕްލެޓްފޯމްތަކުން ލިބޭ ފައިސާ ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދެމުންދާ އުސޫލަށް ބަދަލުގެނެސްފައިވާ ކަމަށެވެ. މި ބަދަލާއެކު ރާއްޖޭން ބޭރުގެ ޑިޖިޓަލް ވޮލެޓާއި އެއް ފަރާތަކުން އަނެއް ފަރާތަކަށް އެފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާ ޖަމާކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓްތަކަށް ކަމަށް ބޭންކުން ބުންޏެވެ.

ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމްތަކަކީ އާންމުކޮށް ވަކި ފަރުދުން އޮންލައިން ޓްރޭޑިން އާއި ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުން ޑޮލަރު އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށާއި ނެގުމަށް ބޭނުންކުރާ ވަސީލަތެކެވެ. އެހެންވެ މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް އެކައުންޓަށް ޖަމާވާ ފައިސާ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. ނަމަވެސް މިގޮތަށް ފައިސާ ނެގޭނީ ހަމައެކަނި ރުފިޔާ އެކައުންޓުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!