ގައިދީންނަށް ތައުލީމާއި ތަމްރީނު ދިނުމަށް ހާއްސަ ކޯސްތަކެއް ހިންގަނީ

ގައިދީންނަށް ތައުލީމާއި ތަމްރީނު ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ކުރިއަށް ގެންދާ ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ފޭސް އެކެއްގެ 14 ވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފި އެވެ.

ހަތަރު ފޭސްގެ މައްޗަށް އެކުލެވިގެންވާ ރިހެބިލިޓޭޝަން ފްރޭމްވޯކް ތައާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުން ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

ކަރެކްޝަންސް އިން ބުނީ މާފުށީ ޖަލުން ރިހެބިލިޓޭޝަން ފްރޭމްވޯކް ރާވާ ހިންގާއިރު، އެ ފްރޭމްވޯކްގައި ހިންގާނީ އެމްކިއުއޭ އިން އެކްރެޑިޓްކޮށްފައިވާ ކޯސްތައް ކަމަށެވެ. އަދި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ މުދައްރިސުންނާއި މާފުށީ ޖަލުގެ އޮފިސަރުންކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!