ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 22 ފަސަންޓް މަސައްކަތް ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 50 ޕަސެންޓް މަސައްކަތް ވެސް މިހާރު ވަނީ ނިމިފައި ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 410 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި، 196 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުން ހިމެނޭ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
އަދި 64 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި، 2،500 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން، ބަނދަރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތްވެސް ހިމެނޭ ކަަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މި މަޝްރޫއުއަށް 38.2 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭ ކަމަށް އެމްޓީސީސީއިން ބުނެއެވެ.