ޑްރީމް ޑައިވް ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް ރާއްޖެއަށް ލިބިއްޖެ

ޑައިވް އެންޑް ޓްރެވެލް އެވޯޑްސްގެ އެންމެ ޝަރަފްވެރި އެވޯޑު، “ޑްރީމް ޑައިވް ޑެސްޓިނޭޝަން” އެވޯޑް ރާއްޖެއަށް ލިބިއްޖެ އެވެ.

މެރިން ޑައިވްގެ އެވޯޑްގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް، “ޑްރީމް ޑައިވް ޑެސްޓިނޭޝަން” ގެ އެވޯޑް ރާއްޖެއަށް ލިބުނު އިރު މިއީ ރާއްޖެއިން މި އެވޯޑް ވިދިިިވިދިގެން ހާސިލް ކުރި 12 ވަނަ ފަހަރެވެ.

މެރިން ޑައިވް ފެއާ އަކީ ކޮންމެ އަހަރަކުވެސް ޖަޕާނުގެ ޓޯކިޔޯގައި ސްކޫބާ ޑައިވިން އަދި ބީޗް ރިސޯޓް ތަކަށް ހާއްސަކޮއްގެން ބާއްވާ ފެއާއެކެވެ. މި ފެއާއަކީ ސްކޫބާ ޑައިވަރުންނާއި މޫދު ކުޅިވަރުތަކަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައި ދުނިޔޭގެ ފެންވަރުގައި ވަރަށް މަގުބޫލު ފެއާއެކެވެ.

އަދި ރާއްޖޭގެ ޑައިވް ސެގްމެންޓް ތަޖުރިބާކުރަން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމަކީ ޖަޕާނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!