ސުޝާންތު މަރުވި ވަގުތު އެގޭގައި ތިބި 3 މީހުންގެ ބަޔާނުގައި ތަފާތުތަކަކާއި ފުށުއެރުންތަކެއް!

14 ޖޫންގައި ދަންޖެހިފައި ހުރިކަމަށް ބުނާ ބޮލީވުޑުގެ އެކްޓާ ސުޝާންތު ސިންގު ރާޖުޕުތުގެ މައްސަލައަށް ކޮންމެ ދުވަހަކުވެސް އަންނަނީ އައު ވާހަކަތަކެއް ފެންމަތިވަމުންނެވެ. އެއީ އަމިއްލައަށް މަރުވި މަރުވުމެއް ނޫންކަމަށާއި ބަޔަކު ކޮއްފައިވާ ނުބައި އަމަލެއްކަމަށްބަލާ މިހާރު އެމައްސަލަ އަންނަނީ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންއިން ތަހުޤީޤު ކުރަމުންނެވެ.

ސީބީއައި އާއި މިމައްސަލަ ހަވާލުކޮއްފައިވާތާ ހަފްތާއެއްހާ ދުވަހުގެ ތެރެގައި އެތަށް ބަޔަކާ ސުވާލުކުރެވި މައްސަލައަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މިފަހުން އެންމެ ހައިރާންކުރުވަނިވި މައުލުމާތެއްގެ ގޮތުގައި އަޑު އިވިގެންދިޔައީ ސުޝާންތު މަރުވި ވަގުތު އެގޭގައި ތިބި 3 މީހުން ކަމަށްބުނާ މީހުންގެ ބަޔާނުގައި ތަފާތުތަކަކާއި ފުށުއެރުންތަކެއް ހުރުމުންނެވެ. އެވަގުތު ގޭގައި ތިބިކަމަށް ބުނާ ސިދާތު ޕިޓާނީ،ހައުސް ކީޕަރު ދިޕޭޝް ސާވަންތު އަދި ކައްކާމީހާ ނީރަޖު ސިންގު އާއި ސީބީއައި އިން ވަކި ވަކިން ވަނީ ސުވާލުކޮއްފައެވެ. އެހެން ނަމަވެސް އެވަގުތު ކަންހިގާ ދިޔަގޮތްކަމަށް 3 މީހުންބުނާގޮތުގައި ބައެއް ފުށުއެރުންތަށް ހުރުމުން އިއްޔެ ވަނީ ތިންމީހުން އެކުގައި ގެންގޮސް އެއްތަނެއްގައި ބައިތިއްބައިގެން ސުވާލުކޮއްފައެވެ. އެހެން ނަމަވެސް އެކަކު އަނެއްކަކުގެ ބަޔާން ދިމާނުވެ އެތަނުގެ ތެރޭގައި ތިން މީހުންން ތިން މީހުނަށް އިގިލި ދިއްކޮށް ދޮގުހަދަނީ އަނެކާ ކަމަށް ބުނެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މިކަމުގެ އިތުރުން ކުރިން މުންބާއީ ޕޮލިހުން ތަހުޤީޤު ކޮއްފައިވާ އެތަށް ކަންތަށްތަކެއް އަލުން މި މައްސަލައާއި ގުޅިގެން ސީބީއައި ތަހުޤީޤު ކުރަމުންދާއިރު ސުޝާންތުގެ މައްސަލައާއި ގުޅުންހުރި އެތަށް ރިޕޯޓުތަކަކުން ޝައްކު ކުރެވޭ އަދި އެއީ ބަޔަކު ރާވައިގެން ހިންގާފައިވާ އަމަލެއް ކަމަށްބެލެވޭ އެތަށް ކަމެއް އަންނަނީ ފެންމަތިވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!