ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެއް ޕްރޮޑިއުސަރު ކަމަށްވާ މަހޭޝް ބަޓް އަކީ އުމުރުން ހަގު އަންހެން ކުދިންނާއި ގުޅުން ބާއްވާ ކަމަށް ގިނަ ތުހުމަތުތަކެއް ކުރެވޭ މީހެކެވެ.
މަހޭޝް ބަޓްގެ މިވާކަތައް ބޮޑަށް ދެކެވެން ފެށިފައި މިވަނީ މީގެ ދެމަސް ކުރިން ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުގެ މަރަށް ފަހުއެވެ. ސަބަބަކީ، ސުޝާންތު ޑިޕްރެޝަނަށް ގޮސްގެން އަމިއްލައަށް މަރުވުމުގެ ފަހަތުގައި މަހޭޝް ބަޓް ފަދަ ނުފޫޒުގަދަ ފަރާތްތައް ވާކަމަށް ޝައްކު ކުރެވޭތީއެވެ. އަނެއްބައި މީހުން ޝައްކު ކުރާ ގޮތުގައި، ސުޝާންތުގެ ލޯބިވެރިޔާ ރިއާ އާއި މަހޭޝްގެ ގުޅުމެއް އޮންނާތީ ސުޝާންތު ވަނީ މަރާލާފައެވެ.
މިފަދަ ވާހަކަތަކެއް ދެކެވިފައިވާއިރު 2013 ވަނަ އަހަރު އަމިއްލައަށް މަރުވެފައިވާ ޖިއާ ޚާން އާއި މަހޭޝް ބަޓްއާއި ގުޅުމެއް އޮތް ކަމަށްވެސް އަޑުތަކެއް ފެތުރުނެވެ. އަދި ދާދި ފަހުން މަހޭޝް އާއި ޖިއާ އެކުގައި އިން ވީޑިއޯއެއް ވެސް ވަނީ ފެންމަތިވެފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ޖިއާ މަހޭޝްގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތް އިރު މަހޭޝް އޭނާގެ އިނގިލި ތަކާއި ކުޅެމުން ކޮންމެސް ވާހަކައެއް ބުނުމުން ޖިއާ ހިނިގަނޑެއް ޖަހާލައެވެ.
ދާދި ފަހުން ހިއާ ޙާންގެ މަންމަ ރާބިއާ ޙާންވެސް ބުނީ އޭނާއަށް ބެލެވޭ ގޮތުގައި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ބޭނުންކޮށްގެން، ސުޝާންތު މަރާލާފައިވަނީ ޖިއާވެސް މަރާލި މީހާ ކަމަށެވެ. ރާބިއާ ބުނީ ރިއާ ލައްވައި އެކަންތައްތައް ކުރުވާ މީހައާކީ އަސްލު ގާތިލު ކަމަށާއި މި ހުރިހާ މަރެއްގެ ޒިންމާވެސް އެމީހަކު ނަގަން ޖެހޭ ކަމަށެވެ.