ފުރަބަންދެއް ކަމަކު މިކަހަލަ ލޯބި ލޯބި ކަންކަން ކުރެވޭނެ ދޯ!

އެކުގައި އުޅެ ދެމަފިރިންވެސް އެކަކު އަނެއްކަކުދެކެ ލޯބިވާކަން ހާމަކުރުމަށްތަކައި ތަފާތު ކަންތަށްތަށް ކުރެއެވެ. އަދި އެއީ ދިރިއުޅުމަށް މުހިއްމު ކަމެއްވެސްމެއެވެ. މިހިނގާ ބޮޑު ފުރަބަންދުގައި ގޭގައިތިބެ އެކަކު އަނެއްކަކަށް ލޯބިވާކަން ހާމަކުރުމަށްޓަކައި ސަޕްރައިޒް ތައްޔާރުކުރުމަކީ މިހާރުވެސް ތިޔައިގެ ތެރެއިން ބައެއް ޖޯޑުތަށް ކުރާ ކަމަކަށްވެދާނެއެވެ.

ތިރީގައި އެވަނީ ބައިވެރިޔާ ހިތްހަމަ ޖައްސާލާ އުފާކޮއްދިނުމަށްޓަކައި ސަޕްރައިޒް ތައްޔާރުކޮށް ގޭގައި ލޯބިވާކަން ހާމަކޮއްދެވިދާނެ ބައެއް ގޮތްގޮތެވެ.

  • ބައިވެރިޔާ ކޮޓަރިއަށް އަންނަ އިރު ކަރުދާހެއްގައި ނޫނީ ފުއްޕާހަމެއްފަދަ އެއްޗެއްގައި ލޯބިވާވަރު ހާމަކޮއްދީ މެސެޖެއް ލިޔުމަށްފަހު ރީތިކޮށް ލިޔުންކޮޅު ފެންނާނެހެން އުއްބައްތިއެއް ދިއްލާފައި ކޮޓަރި ނިންވާލާފައި ބަހައްޓާށެވެ.
  • ބައިވެރިޔާއާއި އެކު ހެދަކޮއްފައިވާ އުފާވެރި ދުވަސްތަކުގެ މަންޒަރުތަށް ދައްކުވައިދޭ ފޮޓޯތަށް އެއްކޮއްލައިގެން ސުލައިޑް ޝޯވއެއް ތައްޔާރުކޮއްލާށެވެ. އަދި ފޮޓޯތަށް ރޯލުވަމުންދާއިރު ހިތުގައި އުފެދޭ އިހުސާސްތަށްވެސް ސުލައިޑްވާހެން ލިޔެފައި ދައްކާލާށެވެ.
  • ބައިވެރިޔާ އެންމެ ހިތް އެދެ ކާއެއްޗެއް އަމިއްލައަށް ތައްޔާރުކޮށް ކާންހަދާށެވެ. އަދި ކެއުމާއެކު ލޯބީގެ ނޯޓު ފެންނާނެހެން މޭޒުމަތީގައި ބާއްވާށެވެ.
  • ބައިވެރިޔާއަށްޓަކައި ފުއްޕާހަމާއި ކަރުދާސް ފަދަ ތަކެތި ބޭނުންކޮއްގެން ކޮޓަރި ޖަރީކޮއްދޭށެވެ. އަދި ހިތުގެ ތެރޭގައި އުފެދިފައިވާ ލޯބީގެ ޖަޒުބާތުތަށް ދުލުން ކިޔާށެވެ.

މި ނުކުތާތަށް ކިޔާލުމުން ފަހަރުގައި ހިނިއަންނަ ގޮތްވެދާނެއެވެ. މިއީ ފިލްމީ ކަންކަމޭ ހިތަށް އަރާފާނެއެވެ. އެކަމަކު މިފަދަ ކުދި ކުދި ކަންތަށްތަކަކީ ދެމަފިރިންގެ ގުޅުމުމަށް އިތުރު އަރޯކަމަކާއި ތާޒާކަމެއް ގެނުވާ ކަންކަމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!