މާލެއިން މިހާތަނަށް އެންމެ ބޮޑަށް ބަލި ފެތުރުނީ މާފަންނުގައި

ކޮވިޑް-19 އަށް މާލެ ސިޓީން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މާފަންނުން ކަަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ވާހަކަދައްކަވަމުން ޑރ.އަހްމަދު ޝަހީދު ވިދާޅުވީ މިދިޔަ ޖުލައި މަހާ އަޅާ ބަލާ އިރު، އޮގަސްޓް މަހު މާލޭގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އޮގަސްޓް ނިމޭ އިރު، ގާތްގަނޑަކަށް މާލޭގައި މީހުން ދިރިއުޅޭ ހުރިހާ ތަނެއްގައި ހެން ކޮވިޑް-19 ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އަހްމަދު ޝަހީދު ވަނީ މާލޭގައި ބަލި ފެތުރެމުން އައި ގޮތުގެ ވީޑިއޯއެއް މާލޭ މެޕުން ދައްކާލާފައެވެ. އެއިން ދައްކާ ގޮތުގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ މާފަންނުންނެވެ.

އޭނާ ވިދާޅުވީ، މިހާރު މާލޭގައި ބަލި ނުފެތުރޭ ސަރަހައްދެއް ނެތް ކަމަށެވެ. ހަމައެއާކު، މާލެއާ އަޅާބަލާ، ހުޅުމާލެ އަދި ވިލިމާލޭގައި ބަލި ފެތުރުނު މިންވަރު ދަށް ކަމަށް ޑރ. ޝަހީދް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!