އިތުރު 135 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 135 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިއަދު ޕޮޒިޓިވްވި 135 މީހުންގެ ތެރެއިން 126 މީހުން ޕޮޒިޓިްވީ މާލެއިން ކަމަށާއި އަނެއް ނުވަ މީހުންނަކީ އަތޮޅު ތެރެއިން ޕޮޒިޓިވްވި މީހުން ކަމަށެވެ. 

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވެސް ގިނައީ ދިވެހިންނެވެ. އަލަށް ޕޮޒިޓިވްވި 135 މީހުންގެ ތެރެއިން 109 މީހުންނަކީ ދިވެހިންނެވެ. 26 މީހުންނަކީ ބިދޭސީންނެވެ. ބަލި ޖެހުނު ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 15 މީހަކާއި، އިންޑިއާގެ 8 މީހަކާއި، މިޞްރުގެ 2 މީހަކާއި ނޭޕާލުގެ މީހެކެވެ.

އަލަށް ފެނުނު ކޭސްތަކާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުން ޖުމްލަ ޢަދަދު މިހާރު މިވަނީ 7047 އަކަށް އަރާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!