ކަންގަނާ ފްރާންސް މީހަކާ ވައްތަރު ތަ؟ އޭނާ ބުނަނީ ބައެއް މީހުންނަށް ވައްތަރު ކަމުން އޮޅޭ ކަމަށް!

އިންޑިއާގެ މަޝްހޫރު އަދި އެންމެ ޖެހިލުން ކުޑަ ތަރި ކަމުގައިވާ ކަންގަނާ ރަނާވަތް މި ވަނީ ދާދި ފަހުން ފްރާންސް ގައި ނަގާފައި ހުރި ޕޮޓޯ ތަކެއް މީސް މީޑިއާގައި ހިއްސާކޮށްފައިއެވެ. މި ޕޮޓޯ ތަކާ އެކު އޭނާ ވަނީ ވަރަށް ތަފާތު ވާހަކަ އެއް ފޭނުންނާ ހިއްސާ ކޮށްފައިއެވެ.

ފްރާންސްގައި ނަގާފައިވާ ކުރީގެ ފޮޓޯތަކެއް ޓްވިޓާގައި ހިއްސާކުރަމުން، ހުނަރުވެރި ބަތަލާ ބުނީ އެމެރިކާ އާއި ޔޫރަޕާއި މެދުއިރުމަތި ފަދަ ތަންތަނަށް ކުރާ ދަތުރުތަކުގައި އޭނާ އަކީ ފްރާންސް މީހެއް ހީކޮށް ބައެއް މީހުން ފްރާންސް ބަހުން ވާހަކަ ވެސް ދައްކާ ކަމަށެވެ. އަދި އޭނާ އަކީ ފްރާންސް މީހެއް ނޫން ކަމަށާއި އިންޑިއާ މީހެއް ކަމަށް ބުނުމުން އޭނާ އަކީ އިންޑިއާގައި ދިރިއުޅޭ ފްރާންސް މީހެއް ކަމަށް ވެސް ބައެއް މީހުން ހީކުރާ ކަމަށް ކަންގަނާ ބުންޏެވެ. ކަންގަނާގެ ޓްވީޓްގައި ބުނެފައިވާ ގޮތުގައި މެދުއިރުމަތީގައި އުޅޭ އޭނާގެ ގާތް ރައްޓެހިންނަށް އަދި ދިމާވާނީ އަދި އެހެން މައްސަލައެކެވެ. އެގޮތުން އެ މީހުންނަކީ ޗައިނާ ބައެއް ކަމަށް އެ ހިސާބުގެ މީހުން ހީކުރާ ކަމަށް ބުންޏެވެ.

މި ޕޯސްޓް އާއި އެކު ގިނަބަޔަކު ވަނީ ކޮމެންޓް ކޮށްފައިއެވެ. ބައެއް މީހުން ވަނީ ކަންގަނާ އަށް މަލާމާތް ވެސް ކޮށްފައިއެވެ.

ކަންގަނާ އަކީ 3 ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ތަރިއެކެވެ. ކަންގަނާ ފާހަގަ ވެގެން ދަނީ ނެޕޮޓިޒަމް އާއި ދެކޮޅަށް އެންމެ ގަދައަށް ވާހަކަ ދައްކާ އެއް ތަރީގެ ގޮތުގައިއެވެ. އެއްވެސް ޖެހިލުމެއް ނެތި އޭނާ ދަނީ ނެޕޮޓިޒަމް އާއި ދެކޮޅަށް ވަކާލާތު ކުރަމުންންވެ.

ކަންގަނާގެ ކުރިއަށް އޮތް ފިލްމަކީ ތަލައިވަތީ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!