އެއްވެ އުޅުމުގެ ގާނޫނު އިސްލާހު ކުރަން ޖެހޭ: އިމްރާން

މެދު މިނުގެ ހައްލެއް އަންނާނެ ގޮތަކަށް އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން އިމްރާން ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަން ކަމާއި ހިޔާޅުފާޅުކުރުމުގެ މިނިވަންކަން އެންމެ ފުރިހަމަ ގޮތުގައި ހޯދައި ދިނުމަށް، ރައްޔިތުންނަށް، އެންމެނަނަށް, އެފަދަ ފުރުސަތު ލިބޭ ގޮތަށް އެ ގާނޫނު އިސްލާހު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އިމްރާން ވިދާޅުވީ އިސްލާހު ކުރަން ޖެހޭ ކަމަށްވެސް ގަބޫލު ކުރައްވާ ކަމަށާއި، އެ ގާނޫނު އިސްލާޙު ކުރަން ވާނީ، އެއްވެ އުޅުމުގެ މިނިވަންކަންވެސް ލިބޭ ގޮތަށް އަދި އެހެން ރައްޔިތުންގެ ހައްގުތަކާއި ސަލާމަތާ ރައްކާތެރިކަން ނުގެއްލޭނެ ގޮތަކަށް ކަމަށެވެ. އަދި ގައުމުގެ ހަމަނުޖެހުން ގެއްލިގެން ނުދާ ގޮތަށް އެކަންކަން ބަދަލު ކުރެވި، އެއަށް ފުރުސަތު ދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއްވެ އުޅުމުގެ ގާނޫނަށް ރައީސް ޔާމީންގެ ސަރުކާރުގައި ގެނައި އިސްލާހާއެކު، ފުލުހުންނަށް ކުރިން ނޯޓިސް ދިނުމަކާ ނުލައި، އެއްވެ އުޅެވޭނީ ހަމައެކަނި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަަނަކަށް އެކަންޏެވެ. މާލޭގައި އެއްވެ އުޅުމަށް ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ތަނަކީ، ކާނިވާ ސަރަހައްދެވެ. އެ އިސްލާހަށް އޭރުގެ އިދިކޮޅު، މިހާރު ސަރުކާރުގައި ތިބި އެމްޑީޕީ ޖުމްހޫރީ ޕާޓީ އަދި އަދާލަތުން ވެސް ވަރަށް ބޮޑަށް ފާޑުކިޔެވެ. އޭރު އެ ބޭފުޅުން ވިދާޅުވީ، އެއީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!