އެހީ ހޯދުމަށް ޖެހި އެކައުންޓް ނަމްބަރު ބަދަލުކޮށް، ގިނަ ބައެއްގެ އަތުން ފައިސާ އަތުލައިފި

އާއްމުންގެ އެހީއަށް އެދި ފޭސްބުކްގައި ޖެހި ޕޯސްޓެއްގައިވާ އެކައުންޓް ނަމްބަރު ބަދަލުކޮށްގެން، ގިނަ ބައެއްގެ އަތުން މީހަކު ފައިސާ ހޯދައިފި އެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިޔާ އިބްރާހިމް ވަހީދު (ނޮޅިވަރަންފަރު އިއްބެ) އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ބޮޑު ދައިތަގެ ބޮޑު އޮޕަރޭޝަނަކަށް އެހީ ހޯދުމަށްޓަކައި، ފޭސްބުކްގައި ކުރި ޕޯސްޓުގައި ޖަހައިފައި އޮތް ބީއެމްއެލްގެ ރުފިޔާ އެކައުންޓްގެ ނަންބަރު، އެހެން މީހެއްގެ އެކައުންޓް ނަންބަރަށް ބަދަލުކޮށް، ފޮޓޯތަކާއެކު އެ ޕޯސްޓް ޝެއާކުރުމުން ފުއާދު ނަމަކަށް ކިޔާ މީހެއްގެ އެކައުންޓަށް އެހީގެ ފައިސާ އެތައް ބަޔަކު ޖަމާ ކޮށްފައިވާ ކަމަށެވެ.

އާއިލާ އިން އެ މީހާއާ ސުވާލުކުރުމުން އެއީ އޭނާގެ ރަހުމަތްތެރިއަކު ކުރި ކަމެއް ކަމަށާއި މިހާތަނަށް 41 މީހަކު އެކައުންޓަށް ފައިސާ ފޮނުވާފައިވާފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު އެ ފައިސާ ދޭން އެ މީހާ ދެކޮޅު ހަދާ ކަމަށް އޭނާ ބުންޏެވެ.

އާއިލާ އިން މިހާރު ވަނީ، ފުއާދުގެ ނަމުގައި އޮތް އެކައުންޓަށް ޖަމާކުރި ފައިސާ ހޯދަން މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!