26 މީހުންނާއެކު ދަތުރުކުރި މަސް ދޯންޏެއް ފަރަށް އަރައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ފަރަށް އަރާފައި ވަނީ “އަސްދާން” ނަމަކަށް ކިޔާ މަސް ދޯންޏެއް ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 11:00 ހާއިރު ކަމަށް އެ ސަރވިސް އިން ވިދާޅުވިއެވެ.
ވ. ރަކީދޫގެ 2 ނޯޓިކަލް ބޭރުން 26 މީހުންނާއެކު މި ދޯނި ފަރަށް އެރުމާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.