އަންކިތާގެ ފުލެޓަކަށް ސުޝާންތު ފައިސާ ދެއްކި ކަމަށް ބުނުމުން އޭނާގެ ބޭންކު ސްޓޭޓްމަންޓުތައް ހިއްސާކޮށްފި

ސުޝާންތު ސިންގު ރާޖުޕުތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޮކަންޑޭގެ ނަމުގައި ހުރި ފްލެޓަކަށް ސުޝާންތު ފައިސާ ދައްކައިދިން ކަމަށް ތުހުމަތު ކުރުމުން އަންކިތާ އޭނާގެ ބޭންކު ސްޓޭޓްމަންޓުތައް ހިއްސާކޮށްފިއެވެ.

ސުޝާންތުގެ މަރުގެ މައްސަލައާ ގުޅިގެން އެންފޯސްމެންޓް ޑިރެކްޓްރޭޓްގެ އޮފީހުން ބަލަމުން ގެންދާ މަނީ ލޯންޑަރިންގް ގެ މައްސަލައަކާ ގުޅިގެން އޭނާއަށް ކުރި ތުހުމަތު ތަކާއި ގުޅިގެން ހުރިހާ ލިޔެކިޔުންތައް ހިއްސާ ކުރަމުން އަންކިތާ ބުނީ އެ ތުހުމަތުތަކަށް އިންކާރު ކުރާ ކަމަށާއި އެ ލިޔެކިޔުންތަކުން ހުރިހާ ކަމެއް ސާފު ވާނެ ކަމަށެވެ.

އަންކިތާ ހިއްސާ ކުރި ސްޓޭޓްމަންޓުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ މާޗު މަހުގެ ނިޔަލަށް ކޮންމެ މަހަކުވެސް އޭނާގެ އެކައުންޓުން ފްލެޓަށް ލާރި ދައްކާފައި ހުރިކަން އެނގެއެވެ

އަންކިތާ އަށް ތުހުމަތު ކޮށްފައިވަނީ މަލަދްގައި ހުރި އޭނާގެ އެޕާޓްމަންޓަށް ސުޝާންތު ލައްވައި 4.5 ކްރޯޑް ރުޕީސް ހަރަދުކޮށްފައިވާ ކަމުގެ ތުހުމަތެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!