ދިޝާ އަދި ސުޝާންތުގެ މަރަކީވެސް ޖިއާގެ މަރު ގޮތަށް ސީރިއަލް މަރެއް: ޖިއާގެ މަންމަ

ސުޝާންތު ސިންގް ރާޖްޕުތް އާއި އޭނާގެ ކުރީގެ މެނޭޖަރު ދިޝާ ސާލިއަންގެ މަރަކީ ސީރިއަލް މަރެއް ކަމަށާއި، އެއީ އެ މީހުންނަށް އިނގޭ ބޮލީވުޑްގެ މާފިއާ އާއި ސިޔާސީ މީހުންގެ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށް 2013 ވަނަ އަހަރު އަމިއްލައަށް މަރުވެފައިވާ ޖިއާ ޚާންގެ މަންމަ ރާބިއާ ޙާން ބުނެފިއެވެ.

1980 ވަނަ އަހަރު ބައެއް ބޮލީވުޑްގެ ފިލްމުތަކުގައި މަަސަތްކަތް ކުރި ރާބިއާ ބުނީ އެ ތިން މަރުގައިވެސް އެއް ގޮތް އެތައް ކަމެއް ފާހަގަ ކުރެވިފައިވާ ކަމަށާއި ނަމަވެސް ހެކިތައް ފޮރުވަން އެތައް މަސަތްކަތެއް ކޮށްފައިވާ ކަމަށެވެ.

ރާބިއާ ބުނީ އޭނާއަށް ބެލެވޭ ގޮތުގައި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ބޭނުންކޮށްގެން، ސުޝާންތު މަރާލާފައިވަނީ ޖިއާވެސް މަރާލި މީހާ ކަމަށެވެ.

“ޖިއާ މަރާލި މީހެއް ސުޝާންތުވެސް މަރާލާފައިވަނީ. މަގޭ ދަރިފުޅުގެ ލޯބިވެރިޔާވެސް އޭނަ ބޭނުންކޮށްފައިވަނީ ލާރިއަށްޓަކައި. ރިއާ ވެސް ހަމަ އެގޮތަށް ސުޝާންތު ބޭނުންކޮށްފައިވަނީ. އެހެންނޫނީ ރިއާ އެވަރަށް ލާރި ހޯދާނީ ކޮންތާކުން؟” ރާބިއާ ބުންޏެވެ.

ޖިއާ އާއި ސުޝަންތް އަށް ފޭކް ލޯބި ދީ އެ މީހުން ހައްދާ، އެ މީހުންގެ ދަލުގައި ޖައްސާ، ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން ވަނީ އަނިޔާކޮށްފައި”. ރާބިއާ ބުނެފައި ވެއެވެ.

ރާބިއާ ބުނީ މިކަމާއި ބެހޭގޮތުން ވާހަކަ ދައްކަން މިޖެހުނީ ޖިއާ އާއި ސުޝަންތް ޑިޕްރެޝަންއަށް ގޮސްފައި ވާ ކަމަށް ނިންމައި އެކަން އޮއްބާލަން މަސަތްކަތް ކޮށްފައިވާތީ އެކަމާއި ގުޅޭ އެއް ގޮތް ކަންތައްތަކެއް ހުރުމުން ކަމަށެވެ. ރަބިއާ ބުނީ ޖިއާ އާއި ސުޝާންތުގެ އެއްގޮތްކަންތައްތައް ހުރިކަން ފުލުހުންނަށް ފާހަގަ ނުވާތީ އެކަމާ ހައިރާންވާ ކަމަށެވެ.

ރާބިއާ އިތުރަށް ބުނީ ރިއާ ލައްވައި އެކަންތައްތައް ކުރުވާ މީހައާކީ އަސްލު ގާތިލު ކަމަށާއި މި ހުރިހާ މަރެއްގެ ޒިންމާވެސް އެމީހަކު ނަގަން ޖެހޭ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!