ދެން އޮތީ ކަސްރަތު ކުރުމުގެ ބަދަލުގައި ދަރިފުޅު ފަހަތުން ދުވުން: ޝިލްޕާ

ބޮލީވުޑް އެކްޓަރ ޝިލްޕާ ޝެޓީ މިއަހަރުގެ ކުރީކޮޅު “ސަރޮގޭޓް” މެދުވެރިކޮށް ހޯދި އަންހެން ދަރިފުޅު ސަމީޝާއަށް މިއަދަށް ވަނީ 6 މަސް ފުރިފައެވެ. .

އަންހެން ދަރިފުޅު ސަމީޝާއަށް 6 މަސް ފުރުމާއި ގުޅިގެން ދަރިފުޅު އެނދުގައި އިން ވީޑިއޯއެއް ހިއްސާ ކުރަމުން ޝިލްޕާ ބުނީ، އެސްފިޔަ ޖަހާލާހާ އަވަހަށް ދަރިފުޅު ބޮޑުވަމުން އަންނަ ކަމަށެވެ. ޝިލްޕާ ބުނީ ދަރިފުޅު މިހާރު ބަންޑުން ޖެހޭ ކަމަށާއި މިހާ އަވަހަށް އަމިއްލައަށް އުޅެން ދަސްކޮށްފައިވާ ކަމަށެވެ.

“ދެން ފެންނާނީ، އިށީނދެގެން އިންނަ ތަން، އެއަށް ފަހު ފިރުކޭތަން، ދެން އޮންނާނީ ކަސްރަތު ކުރުމުގެ ބަދަލުގައި ދަރިފުޅު ފަހަތުން ދުވުން” ޝިލްޕާ ބުންޏެވެ.

ޝިލްޕާ ބުނީ ގަޑި ޖެހުމުން އެ ވަގުތު ވެސް އަންނާނެ ކަމަށާއި ނަމަވެސް މިވަގުތު ދަރިފުޅު ބޮޑުވަމުން އަންނަ މަންޒރު ފެނުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

ޝިލްޕާގެ ދަރިފުޅު ސަމީޝާ އުފަންވެފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު ސަރޮގެސީ މެދުވެރިކޮށެވެ. ޝިލްޕާގެ 8 އަހަރުގެ ފިރިހެން ދަރިއެއްވެސް ހުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!