ލާލް ސިންގ ޗައްޑާ ގެ ޝޫޓިންގ ކަރީނާ އިތުރަށް ކުރިއަށް ނުގެންދަން ނިންމައިފިއެވެ. 2021 ގައި ނެރޭ މި ފިލްމުގައި އާމިރު ހާން އާއި އެކު ފެނިގެން ދަނީ ކަރީނާ ކަމަށް ރިޕޯޓްތަކުން ބުނެފައިވެއެވެ.
ދާދި ފަހުން ވަނީ ކަރީނާ ބަނޑުބޮޑުކަމަށް އިއުލާން ކޮށްފައިއެވެ. މިކަމާއި ގުޅިގެން ފިލްމީ ތަރިންނާއި ފޭނުން ވަނީ ތަހުނިޔާގެ މެސްޖު ފޮނުވާފައިއެވެ. ބައެއް ރިޕޯޓްތަށް ބުނާގޮތުން 2020 ގައި ކަރީނާ ވަނީ މާކުރިންވެސް ދަރިއަކު ހޯދުމަށް ޕްލޭންކޮށްފައިއެވެ.
ލޮކްޑައުންގެ ކުރިން ޕަންޖާބުގައި ކަރީނާ ދިޔައީ މި ފިލްމުގެ ޝޫޓިންގ ކުރަމުންނެވެ، ނަމަވެސް ލޮކްޑައުންގެ ސަބަބުން ޝޫޓިންގ ވަނީ މެދުކެނޑިފައިއެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި މި ފިލްމުގެ ޝޫޓިންގ ކުރިއަށް ނުގެންދާނެ ކަމަށް ކަރީނާ ވަނީ ބުނެފައިއެވެ.
އާމިރް ހާން މިހާރު ވަނީ މި ފިލްމު ޝޫޓިންގެ ބާކީބައި ތުރުކީގައި ކުރިއަށް ގެންދާގޮތަށް ހަމަޖައްސާފައިއެވެ. ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ފޮޓޯތަކުން ފެންނަނީ އާމިރް ހާން އޭނާގެ ފޭނުންނާއެކު ތުރުކީގައި ފޮޓޯ ނަގަމުން ދާ ތަނެވެ.
ކަރީނާގެ ކުރިއަށް ދެން އޮތް ފިލްމަކީ ކަރަން ޖޯހަރުގެ ތަހުތުއެވެ. ނަމަވެސް މިހާރު އުފެދޭ ސުވާލަކީ ކަރިނާގެ ބަދަލުގައި ފިލްމަށް އެހެން ތަރިއެއް ނަގާނީތޯ ނުވަތަ ކަރީނާ ވިހެއުމަށް ފަހު ފިލްމު ކުރިއަށް ގެންދާނީތޯ އެވެ.