ބޮލީވުޑްގެ ތަރި އާލިއާ ބަޓް މަޖާގޮތަކަށް އަޔާން މުކަރުޖީއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވައިފިއެވެ.
އިސްޓަގްރާމްގައި ޝެއާކުރި ވީޑިއޯއަކުން އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައިވާ އިރު އެ ޕޯސްޓްގައި ލިޔެފައިވީ ބެސްޓް ފްރެންޑް އަށް ތަހުނިޠާ ފޮނުވާކަމަށެވެ. މި ވީޑިއޯ ފެނިފައި އާލިއާގެ ފޭނުން އާޝޯހު ވެފައިވާކަމަށް ރިޕޯޓްތަށް ބުނެއެވެ.
ވީޑިއޯގައި ފެންނަ ގޮތުގައި އާލިއާ އަޔާން ދުވެފައި ގޮސް ވަނީ މޫދައް ފުންމާލައިފައިއެވެ.
އާލިއާ ދެން ފެނިގެން ދާނީ ސަޅަކް 2 އިންނެވެ. އާލިއާގެ އިތުރުން މި ފިލްމުން ސަންޖޭ ދަތު އަދި އަދިތިޔާ ރޯއީ ކަޕޫރް ފެނިގެން ދާނެއެވެ. މި ފިލްމު ގެެނެސް ދިނުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 28 ގައި އޮންލައިން ކޮންނެވެ.