ކުރީގެ ރައީސް ޔާމީން ފެތުމުށް މާފުށީގައި ޓްރެކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފެތުމުގެ ފުރުސަތު ދިނުމުގެ ގޮތުން މާފުށީގައި ޓްރެކެއް ހެދުމަށް ނިންމައިފިއެވެ.

ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންނުން މިދިޔަ ބުދަ ދުވަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅާއި ވަނީ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންނުން ވަނީ ޔާމީނަށް ފެތޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިފައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މާފުށި ހިއްކަން ފެށުމުގެ ސަބަބުން މޫދަށް އެރެން އޮތް ތަނަށް ވަރަށް ބާރު އޮއިވަރެއް އަންނަ ކަމަށާއި އެކަން އެގޮތަށް އޮއްވައި އެތަނަށް މޫދަށް އެރެން ޔާމީނަށް ފުރުސަތު ދޭން ނުކުރެނޭކަން މީގެކުރިން ވެސް އިދިކޮޅު ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.

“އެތަނުގައި މޫދަށް އެރެވޭނެ އިންތިޒާމު ހަމަޖައްސާނަމޭ، ކޮންމެވެސް ވަރެއްގެ ޓްރެކެއް ހަދާފައި. އެ އިންތިޒާމު ގާއިމުކޮށްދީފައި އެކަން ކުރާނަމޭ. އެކަން ކުރުމަށް މަސައްކަތް ފެށިތަނާ ލޮކްޑައުނަށް ގޮސްގެން މުޅި މަސައްކަތް ހުއްޓިފައި އޮތީ. އެ ދުވަހުވެސް ދެންނެވިން (މިދިޔަ ބުރާސްފަތި ދުވަހު) މިކަމުން އަރައިގަނެވުމާ އެއްކޮށް އެކަން ކޮށްދޭނަމޭ” އިމްރާން ވިދާޅުވިއެވެ.

އަދި ކަރަންޓާއި ފްރިކުއެންސީ އަށް ދިމާވާ ބައެއް ކަހަލަ މައްސަލަތަކާއި ހުރެ ޓީވީ ލިބުމުގެ ހިދުމަތް މިދޭތެރެއިން މެދުކެނޑުނު ކަމަށާއި ނަމަވެސް މިހާރު ޓީވީއެމްގެ ހުރިހާ ޗެނަލެއް ފެންނަން ހުންނާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އޭގެއިތުރުން އެހެން ޗެނަލްތައް ފެންނާނެ އިންތިޒާމު ވެސް ހަމަޖެއްސުމަށް މަސައްކަތް ކުރާނެކަން އިދިކޮޅު ފަރާތްތަކަށް އަންގާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

  1. ޔާމީނު އުޑަށް އަރަން ވެއްޖޭއަޔ ބުނާއިރަށް އުޑަށް ފޮރާވަރުގެ ހަރު ގަންޑެއްވެސްޑް ހަދަން ވާނެ ޔ

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!