މަނާ ގަޑީގައި ބޭރުގައި އުޅުނު 83 މީހަކާއި މާސްކު ނާޅައި އުޅުނު 40 މީހަކު ޖޫރިމަނާކޮށްފި

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މަނާ ގަޑީގައި ބޭރުގައި އުޅުނު 83 މީހަކާއި މާސްކު ނާޅައި އުޅުނު 40 މީހަކު ޖޫރިމަނާކޮށްފިއެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓަރު އޮފް ޕޮލިސް އަބްދުލްމަތީން ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭ މާސްކު ނާޅާ ބޭރުގައި އުޅެގެން 63 މީހަކަށް ނަސޭހަތްދީ 40 މީހަކު ޖޫރިމަނާ ކުރަން ޖެހުނު ކަމަށެވެ. އަދު މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް 1896 މީހަކަށް ނަސޭހަތް ދީފައިވާއިރު 519 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މަތީން ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކާފިއު ވަގުތު ބޭރުގައި އުޅެގެން 83 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު، މާސްކު ނާޅައި އުޅޭ ފަރާތްތައް 1،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ވަނީ ފަށާފައެވެ.

މާސްކު އެޅުން މަޖުބޫރުކޮށްފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށްވާއިރު، އެޗްޕީއޭ އިން ބުނީ އާންމު ތަންތަނުގައި މާސްކު އަޅާއިރު އަނގައާއި ނޭފަތް އަދި ދަތްދޮޅި ނިވާވާން ވާނެ ކަމަށެވެ.

ނަމަވެސް އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުން އަދި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި، ނުނެގޭ މީހުން މި އެންގުމުން އިސްތިސްނާ ވާނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!