ކޮވިޑްގެ ޕޮޒިޓިވް 9 މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އަފްޒަލް ވިދާޅުވީ ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ނުވަ މީހަކަށް މިހާރު އައިސީޔޫގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ. އަދި ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނީ 3 މީހަކަށެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1518 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 146 މީހަކު އެބަ ތިއްބެވެ.