ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 198 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ އިއުލާން ކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 3,208 އަށް އަރާފައެވެ. ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 146 އެވެ.
ކޮވިޑް ބަލީގައި މިހާތަނަށް 22 މީހަކު ވަނީ މަރުވެފައެވެ.