މިއަދު 107 މީހުން ޕޮޒިޓިވް ވެއްޖެ

24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 107 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 104 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށައި އަނެއް 3 މީހަކީ އެހެން ރަށަކުން ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ.

އެޗްޕީއޭ އިން ބުނީ މި 107 މީހުންގެ ތެރޭގައި ހިމެނެނީ 73 ދިވެހިންނާއި، ބަންގްލަދޭޝްގެ 29 މީހަކާއި، އިންޑިއާގެ ތިން މީހެއްގެ އިތުރުން ފިލިޕީންސްގެ މީހަކާއި ސްރީލަންކާގެ މީހެއް ކަމަށެވެ.

  • ރާއްޖެއިން މިހާތަނަށް ޖެހުނީ: 5679
  • 22 މީހަކު ވަނީ މަރުވެފައި
  • 3208 މީހަކު ރަނގަޅުވެފައި
  • އެކްޓިވް ކޭސްތަކުގެ އަދަދަކީ 2449
  • ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ 146
  • މިހާތަނަށް ނަގާފައިވަނީ 94،865 ސާމްޕަލް

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!