ކެލާއިން ކޮވިޑް ޖެހުނު އެންމެން ރަނގަޅުވެއްޖެ

ކެލާއިން ކޮވިޑް ޖެހުނު އެންމެން ރަނގަޅުވެއްޖެ އެވެ.

ކެލާ އިން މި ބައްޔަށް މީހަކު ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ކެލާ އިން މި ބައްޔަށް ޕޮޒިޓިވްވި އެންމެންނަކީ ވެސް ކެލާ އާއި މާލެއާ ދެމެދު ދަތުރުކުރާ “ސަވާރީ” ބޯޓާއި ގުޅުންހުރި ކޭސްތަކެކެވެ.

ކެލާ ކައުންސިލުން ބުނީ ސަވާރީ ބޯޓް ކޭސްގައި ޕޮޒިޓިވްވި 10 މީހުން ބަލިން ރަނގަޅުވުމާއި ގުޅިގެން ކަރަންޓީނުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

އަދި ފަރުދީ ޒިންމާ އަދާކޮށް ގޭގައި ތިބުމަކީ މި ބަލިން ރައްކާތެރިވުމަށް ވެވޭ އެހީއެއް ކަމަށާއި ކޮންމެހެން ބޭރައްދާންޖެހިއްޖެ ހާލަތެއްގައި މާސްކް އަޅައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ވެސް ކެލާ ކައުންސިލުން ވަނީ އެ ރަށުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!