އެމްޑީޕީ އަކީ ތަފާތު ފިކުރުތަކާ އެކު ކުރިއަށްދާ، އާދަޔާ ހިލާފު ޕާޓީއެއްކަން އިދިކޮޅު މީހުންނަށް ނުވިސްނޭތީ ހައިރާންވޭ: ފައްޔާޒު

އެމްޑީޕީ އަކީ ތަފާތު ފިކުރުތަކާ އެކު ކުރިއަށްދާ، އާދަޔާ ހިލާފު ޕާޓީއެއްކަން އިދިކޮޅު މީހުންނަށް ނުވިސްނޭތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މެމްބަރުންގެ ސޮއި ހޯދަން މިހާރު ވަނީ ފަށާފައެވެ. އެއާއެކު، އަމިއްލަ ޕާޓީގެ މިނިސްޓަރަކު މަގާމުން ބޭރު ކުރައްވަން އުޅުއްވުމުން، ޕާޓީ ތެރޭގައި ބޮޑު ހަމަނުޖެހުންތަކެއް އޮތް ކަމަށް އިދިކޮޅުން ދަަނީ ތުހުމަތު ކުރަމުންނެވެ. 

އެ ވާހަކަތަކަށް ރައްދު ދެއްވައި ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އަކީ އާދަޔާހިލާފު، ވަރުގަދަ ޕާޓީއެއްކަން އިދިކޮޅު މީހުންނަށް ނުވިސްނޭތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ހިޔާލު ތަފާތުވާ ކަންކަން އަބަދުވެސް ޕާޓީގެ ހަން ބޯ، އަޑު އުފުލާ މެންބަރުންގެ ތެރޭގައި ހުންނާނެ ކަމަށެވެ.

އެކަމަކު ކޮންމެ ފަދަ ވާހަކައެއް ދެއްކި ނަމަވެސް މި ޕާޓީގެ މެންބަރުން އެކަން ހިތު އަޅައިގެން ނޫޅޭނެ ކަމަށް ވިދާޅުވި ފައްޔާޒު އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!