އައްޑޫ ސިޓީ އިން ޕޮޒިޓިވްވި ޒުވާނާ ނެގެޓިވް ވެއްޖެ

އައްޑޫ ސިޓީ ހިތަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ޒުވާނާގެ ދެވަނަ ސާމްޕަލް އެ ބައްޔަށް ނެގެޓިވް ވެއްޖެއެވެ

އެމީހާ އަކީ ފުރަބަންދު ކަރަންޓީނު ގައި ހުރި 21 އަހަރުގެ އަންހެނެކެވެ. އެމީހާ ޕޮޒިޓިވް ވެފައިވަނީ ކަރަންޓީންގެ މުއްދަތު ހަމަކުރުމަށްފަހު ކުރި ޓެސްޓުންނެވެ. ނަމަވެސް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިއަދު ވިދާޅުވެފައިވަނީ އެމީހާ މާލެ އިން ޓެސްޓް ކުރުމުން މި ބައްޔަށް ނެގެޓިވް ވެފައިވާކަމަށެވެ.

އެހެންކަމުން އެއީ ފޯލްސް ޕޮޒިޓިވް ކޭސްއެއްގެ ގޮތުގައި މިހާރު ނިންމާފައިވާ ކަމަށްވެސް ތަސްލީމާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!