ކުރިނބީން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ހދ. ކުރިނބީ ގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (ޢެޗްއީސޯއީ) އިން ވިދާޅުވީ، ފުރަބަންދު ކަރަންޓީނުގައި ހދ. ކުރިނބީގައި ހުރި އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

“ކުރިނބީއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ފުރަބަންދު ކަރަންޓީނު ފުރިހަމަކޮށް ރިލީޒް ސާމްޕަލް ނެގި 42 އަހަރުގެ ފިރިހެނެއް.” އެޗްއީއޯސީ އިން ވިދާޅުވިއެވެ.

މިއީ ކުރިނބީއިން ކޮވިޑަށް މީހަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!