ބޯޑަރު ހުޅުވާލިފަހުން 4000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފި

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އޮގަސްޓް މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 4000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ދުވަހުން ފެށިގެން މިމަހުގެ 13ވަނަ ދުވަހާއި ހަމައަށް ރާޖެއަށް ޖުމްލަ 4806 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާކަމަށެވެ. މީގެތެރޭގައި ހިމެނެނީ ޖުލައި މަހު ރާއްޖެއައި 1752 ފަތުރުވެރިންނާއި، މިހިނގާ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއައި 3054 ފަތުރުވެރިންނެވެ.

މިގްރޭޝަންގެ މި ތަފާސްހިސާބުތަކަށް ބަލާއިރުވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު މިއަންނަނީ އިތުރުވަމުންނެވެ. އެގޮތުން ޖުލައިމަހާ އަޅާބަލާއިރު މިމަހުގެ މިހާތަނަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ޢަދަދު މިވަނީ އިތުރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!