މަސްވެރިންނަށް ވަގުތުން ފައިސާ ނުލިބޭތީ ކުއްލި މައްސަލައެއް

މަސްވެރިން ބަނާ މަސް ކިރުވުމަށް ފަހު ވަގުތުން ފައިސާ ނުލިބޭތީ، އެކަމާ ގުޅޭ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ނިންމަވާފައި ވާކަމަށް އެ ޕާޓީން ބުނެފި އެވެ.

ޑީއާރްޕީން ބުނީ މަސްވެރިން ބަނާ މަސް ކިރުމަށްފަހު ދުވަހުން ދުވަހަށް ފައިސާ ނުދޭތީ އެ މީހުންގެ އާއިލާތައް ބިކަވަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހެޅުމުގެ އިތުރުން، ކަމާބެހޭ މިނިސްޓަރުންނާ ސުވާލުކުރަން ޖާބިރު ނިންމަވާފައިވާކަމަށް ވެސް ޑީއާރުޕީން ބުންޏެވެ.

އޭގެ އިތުރުން، މާދަމާ މަޖިލީހުގެ ޖަލްސާ ރާއްޖޭގެ ހުރިހާ މަސްވެރިން ބެލުމަށް ވެސް ޖާބިރުގެ ފަރާތުން ދައުވަތުދީފައިވާ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!