ދިވެހި ފަންނާނުންނަކީ ދުނޔޭގެ ކަންކޮޅުތަކުގައި ވިދަމުންދާ ބައެކެވެ. މިއުޒިކާއި، ލަވަކިޔުމާއި، ތަފާތު އެކި ހުނަރުތަކުގައެވެ.
ކަރަމް އަކީ 2019 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުން އަންނަ ލަވަކިއުންތެރިއެކެވެ. މި ލަވަކިޔުންތެރިޔާއަކީ އޭނާ ކިޔާ ލަވަތައް އަމިއްލަ އަށް ލިޔެ އުފައްދާ އާރޓިސްޓެކެވެ. މިގޮތުން ކަރަމް އުފެއްދި އޭނާގެ އާ ސޯލޯ ލަވަ ” ސެކްސް ޓޭޕް” ވެގެން ދިޔައީ ރީތި ހަމަ އެޙާމެ ހިތްގައިމު ލަވައަކަށެވެ.
ބައިނަލްއަގުވާމީ މިއުޒިކް ސައިޓްސްތަކުގައި މިލަވަ ދަނީ މިހާރު ސްޓްރީމް ކުރަމުންނެވެ. މި ލަވަ އަކީ އަޑު އަހާލުމުން އެ ކުރެވޭ މިނިވަން އާޒާދު އިޙުސާސް ތަކުގައި އެ ލަވައިގެ ކަނޑިތަކުގައި ބައިވެރިވެވި ޝައުގާއި އެކީ ކިޔާލެވޭ ފަދަ ރީތި ލަވައެކެވެ.
މިލަވައަކީ ކަރަމްގެ މިފަދަ ފުރަތަމަ ލަވައެއްނޫނެވެ. އޮސްޓްރޭލިއާގެ ސިޑްނީގައި ކިޔަވަމުންއަންނަ ކަރަމް އޭނާގެ ލަވަތައް ތައްޔާރުކުރަނީ އައިޕެޑް ބޭނުންކޮށްގެނެވެ. ލަވަލިޔުމާއި ލަވަ ކިޔުން ކަރަމް ސިފަ ކުރަނީ މިނިވަންކަމުގެ ރަމްޒެއް ގޮތުގައެވެ. ކަރަމް ފާހަގަ ކުރާ ގޮތުގައި އޭނާގެ އަމިއްލަ އިހުސާސްތައް ޅެމުގެ ވަޒަންތަކަށް ލިޔެލުމަކީ ހިތަށް ހަމަޖެހުންގެނުވާ މަޖާކަމެކެވެ.