ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ހޮސްޕިޓާތަކަށް ނުދިއުމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު އައްފާލް އިލްތިމާސް ކުރައްވައިފި އެވެ.
އައްފާލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ މިދުވަސްވަރު ހޮސްޕިޓާތަކަށް ނުދިއުން ވަރަށް މުހިންމު ކަމަށެވެ.
“ބަލިމީހުންނަށް ޒިޔާރަތްކުރުންވެސް މަޑުކޮށްލާ!. ބަލިމީހާގެ އަދި އަމިއްލަ ރައްކާތެރި ކަމަށްޓަކައި މިއީ ވެސް ވަރަށް މުހިންމު ކަމެއް!” އައްފާލް ވިދާޅުވިއެވެ.
މިދުވަސްވަރުގެ ގޮތުން ހޮސްޕިޓާތަކަށް ދިއުން މަދު ކުރުމަކީ ބަލިމީހާގެ އަދި އަމިއްލަ ރައްކާތެރިކަމަށްޓައި ވެސް ކުރުން ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.