ނިލަންދޫ މޮނީޓަރިން ހާލަތުން ނަގައިފި

ފ.ނިލަންދޫ މޮނީޓަރިން ހާލަތުން ނަގައިފިއެވެ.

ނިލަންދޫ ހޯމް ކަރަންޓީނުގައި ތިބި އުމުރުން 36 އަހަރާއި 56 އަހަރު ދިވެހި އަންހެނަކާއި، 43 އަހަރާއި 30 އަހަރުގެ ދިވެހިން ފިރިހެނުން ޕޮޒިޓިވް ވުމާއި ގުޅިގެން އެޗްޕީއޭ އިން ވަނީ ނިލަންދޫ މޮނީޓަރިންގެ ހާލަތަށް ގެނައުމަށްފަހު އެ ރަށަށް އަރައި ފޭބުން މަނާކޮށްފައެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.

އެހެންކަމުން މޮނީޓަރިންގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް މިހާރު ނިމުމަކަށް އަންނާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!