އެޖެންޑާ19ގެ މިސްރާބު ރަނގަޅުކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މަޢުސޫމް އެމްޑީޕީގެ އެޖެންޑާ19 ސިޔާސަތަށް ތަޢުރިފް ކުރައްވައިފިއެވެ.
ނަރުދޫއަށް ދުވާލުގެ ވަގުތުގައި ކަރަންޓުދެނީ އިރުގެ ހަކަތައިން ކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިއު ކޮށްފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ އެޖެންޑާ19 ގެ މިސްރާބު ރަނގަޅުކަމަށާއި، އެސިޔާސަތުގެ ދުވެލިވެސް މޫސުމާ ބަލާފައި ވަރަށް ރަނގަޅުކަމަށެވެ.
އެޖެންޑާ19 އަކީ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ގެންގުޅުނު ކެމްޕެއިންގެ މައިގަނޑު ސިޔާސަތެވެ. އެޖެންޑާ19 ތަފާތުވާނެކަމަށާއި، އެ ސިޔާސަތުގެ ދަށުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ޤާނޫނީ ގޮތުން ފުރިހަމަކުރަންކުރަންޖެހޭ ކަންކަން ފުރިހަމަކުރާނެކަމަށް އެމްޑީޕީން ވަނީ ވަޢުދުވެފައެވެ.