މިހާރު ތި ރައްޓެހިވެގެން އުޅޭ ފިރިހެން މީހާއަކީ ކަމުނުދާ މީހެއްކަން އެނގެނީ މި ސިފަތަކުން!

މީހަކާ ރައްޓެހި ވުމުގައި ނުވަތަ ކައިވެނި ކުރުމުގައި އެކި މީހުން ބަލަނީ އެކި ސިފަތަކަށެވެ. އެއްބައި މީހުން ބޭރުފުށުގެ ސިފައަށް ބަލާއިރު، އަނެއްބައި މީހުން މިޒާޖާއި މުދަލަށްވެސް ބަލައެވެ. ނަމަވެސް، ތިރީގައި މި ކިޔައިދޭން އުޅޭ ސިފަތައް ހުންނަ ފިރިހެނުންނަކީ، އެކުގައި އުޅުމަށް އެކަށީގެންވާ ކަހަލަ މީހުންނެއް ނޫނެވެ. މިފަދަ މީހުންނަކީ ރައްޓެހިވެގެން އުޅޭ ބައިވެރިޔާ ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކޮންޓްރޯލު ކޮށްގެން ގެންގުޅޭ މީހުންނެވެ. އިނގިރޭސި ބަހުން ބުނާނަމަ، “ޓޮކްސިކް” ފިރިހެނުންނެވެ.

1. ރައްޓެހިވާ ފުރަތަމަ ދުވަސްކޮޅު ޤަބޫލުކުރަން ދަތިވާހާ ރަނގަޅުވާނެ. ތިބާ ދެރަވާ ކަމެއް ކުރެވިއްޖެނަމަ މާފަށް އެދުމުގެ ގޮތުން ހަދިޔާ ދިނުން ފަދަ ކަންކަން ކުރާނެ. އަދި އަބަދުވެސް ވާހަކަ ދައްކާނީ ތިބާ އަޑުއަހަން ބޭނުންވާ ގޮތަށް.

2. ތިބާ ދައްކާ ވާހަކަ ގަބޫލުކުރަން އުނދަގޫވެގެން އުޅޭނެ، އަދި ވަރަށް ގިނައިން ޝައްކުކުރާނެ. އެކަމަކު އޭނަ ދައްކާ ވާހަކަ ތިބާ ގަބޫލު ނުކޮށްފިއްޔާ ބޮޑު މައްސަލައަކަށް ހަދައިލާނެ.

3. ގުޅުމަށް ދުވަސްވާ ވަރަކަށް އޭނާގެ ރާގު ބަދަލުވެ، ތިބާއަށް މަލާމަތްކުރުން ފަދަ ކަންކަން ފެންނާނެ. އަދި ތިބާ ދެރަވާ އެއްޗެއް ބުނެފައި ހަމަ އެ ސިކުންތުގައި “އެއީ މަޖަލަކަށޭ” ބުނެ އޮޅުވައިލާނެ.

4. ތިބާ ހިތް އެދޭ ކަންކަމަށް މާ ބޮޑު ސަމާލުކަމެއް ނުދޭނެ. އަދި ތިބާގެ ހުންނަ ހުނަރުގެ ބަދަލުގައި އުނި ސިފައެއް ދެއްކޭތޯ ބަލާނެ.

5. “ޓޮކްސިކް” ފިރިހެނަކާ އެކީ އުޅޭއިރު އަމިއްލަ ސިކުނޑިއަށް އެކަން ނަގައިގަންނަން މާ ދުވަހެއް ނުނަގާނެ. އެކަމަކު ހިތް އެކަމަށް އެއްބަސް ނުވެވޭތީ ދުރުވާކަށް ތިބާ ބޭނުމެއް ނުވާނެ. ނަމަވެސް ރައްޓެހިންނަށް ތިބާގެ މިޒާޖަށް ބަދަލު އަންނަކަން (މިސާލަކަށް އަބަދު ފިކުރަކަށް ގެއްލި އިނުން، ސަކަރާތް ޖެހުމާ ދުރުވުން) ފާހަގަވެގެން އެވާހަކަ ދައްކާނަމަ، ތި ގުޅުމަކީ ރަނގަޅު ގުޅުމެއް ނޫންކަން ގަބޫލުކުރަން ވާނެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!