ކަރިޝްމާ ތަންނާ ވެސް ބުނަނީ އެލޯ ވޭރާ ވަރެއް ނެތް ކަމަށް!

އެލޯ ވޭރާއަކީ އެތައް ފައިދާތަކެއް އެކުލެވޭ ޤުދުރަތީ އެއްޗެކެވެ. އިސްތަށިގަނޑު ރީތިކޮށް ދުޅަހެޔޮކޮށް ބޭއްވުމަށާއި، ހަންގަނޑުގެ އޮމާންކަމަށް ވެސް އެލޯ ވޭރާއަކީ ޖާދޫއެކެވެ. މިފަހަރު މިކަން ސާބިތުކޮށްދީފައި މިވަނީ އެކްޓްރެސް ކަރިޝްމާ ތަންނާއެވެ. ކަރިޝްމާ ގިނަ ބަޔަކަށް އެނގިގެން ގޮސްފައިވަނީ ބިގް ބޮސް 8 ގައި ބައިވެރިިވި ފަހުންނެވެ.

މީގެ ހަފްތާއެއް ކުރިން ކަރިޝްމާ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ފެންނަނީ އޭނާގެ ގޭގައި ހައްދާފައި ހުރި އެލޯވޭރާ ޕްލާންޓަކުން އެލޯ ވޭރާ ފަތެއް ކަނޑާލައިގެން މޫނުގައި އުނގުޅާ މަންޒަރެވެ. އޭގެ ކެޕްޝަނުގައި ކަރިޝްމާ ލިޔެފައިވަނީ، އެއީ އޭނާ ކޮންމެދުވަހަކު ކުރާ ކަމެއް ކަމަށެވެ.

“އެލޯ ވޭރާއިން ހަންގަނޑު ބާރުކޮށްދީ ތާޒާކޮށްދޭ” ކަރިޝްމާ ބުންޏެވެ. ކަރިޝްމާ ނޫނަސް، އާދަވެގެން އެލޯވޭރާ ޖެލް މޫނުގައި އުނގުޅާ މަޝްހޫރު މީހުން މަދެއް ނޫނެވެ. އޭގެތެރެއިން އެކަކަކީ ބޮލީވުޑް “އައިޓަމް ގާލް” މަލައިކާއެވެ. މީގެކުރިން މަލައިކާވެސް ވަނީ އޭނާގެ ރީތިކަމުގެ އެންމެ ބޮޑު އެއް ސިއްރަކީ އެލޯވޭރާ ކަން ހާމަކޮށްފައެވެ. އަދި ކޮންމެދުވަހަކު އެކަން ކުރާނަމަ ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!