ފުރާ މީހުންގެ ޕީސީއާރް ޓެސްޓް ހެދުން ފަސް ހޮސްޕިޓަލަކުން

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރާ ޓޫރިސްޓުން އާއި އެހެނިހެން ބޭނުންތަކުގައި ފުރާ މީހުންގެ ޕީސީއާރު ޓެސްޓް ފަސް ހޮސްޕިޓަލަކުން ހެދޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު ފުރާ ޓޫރިސްޓުންއާއި އެހެނިހެން ބޭނުންތަކުގައި ފުރާ މީހުންގެ ޕީސީއާރު ޓެސްޓް ފަސް ހޮސްޕިޓަލަކުން ހެދޭނެ ކަމަށެވެ. އެޗްޕީއޭއިން ވަނީ އެ ހޮސްޕިޓަލްތަކުން ޕީސީއާރު ޓެސްޓް ހަދައިދޭ އަގުތައްވެސް ހާމަކޮށްފައެވެ.

ޕީސީއާރު ޓެސްޓް ހައިދެނީ އައިޖީއެމް ހޮސްޕިޓަލް، އޭޑީކޭ، ޓްރީޓޮޕް ހޮސްޕިޓަލް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުންނެވެ.

މި ހޮސްޕިޓަލްތަކުގެ ތެރެއިން އެންމެ ހެޔޮ އަގެއްގައި ޓެސްޓް ހަދައިދެނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުން ޓެސްޓް ހަދައިދެނީ 1،500 ރުފިޔާއަށެވެ. އައިޖީއެމް ހޮސްޕިޓަލާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ޓެސްޓް ހަދައިދެނީ 1،534 ރުފިޔާއަށެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ޓެސްޓް ހަދައިދެނީ 2،000 ރުފިޔާއަށެވެ.

އެޗްޕީއޭއިން ބުނީ ފުރުމުގެ 48 ގަޑިއިރުގެ ކުރިން ސާމްޕަލް ނަގަންޖެހޭނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!