ބަޖާޖުގެ ރޯލުން ކަރަން ސިންގް ގްރޯވާ ވަކިވި ސަބަބު މިއޮތީ

ސްޓާ ޕްލަސް އިން ދައްކާ އެންމެ މަޤުބޫލު އެއް ޑްރާމާ ސިލްސިލާ ކަމަށްވާ “ކަސޯޓީ ޒިންދަކީ ކޭ” ގެ ބެލުންތެރިން އެންމެ މާޔޫސްވީ ބަޖާޖު “ބަދަލުވުމުންނެވެ”. ކޮވިޑް-19 ގެ ސަބަބުން އިންޑިއާ ލޮކްޑައުން އަށް ދިޔުމާ ހަމައަށް ބަޖާޖުގެ ރޯލު އަދާކުރަމުން ދިޔައީ އެކްޓަރު ކަރަން ސިންގް ގްރޯވާއެވެ. ނަމަވެސް ލޮކްޑައުންއަށް ލުއިތަކެއް ދިންހާ އަވަހަށް ކަސޯޓީގެ ޝޫޓިންގ އަލުން ފެށިއިރު، ކަރަން ނިންމީ އެ ޝޯއާ އަލްވަދާއު ކިޔާށެވެ.

ގިނަ އަންހެން ކުދިންތަކެއްގެ ހިތް ފަތަހަކޮށްފައިވާ ކަރަން، ‘ޕިންކްވިލާ’ އަށް ދިން އިންޓަވިއުއެއްގައި ވަނީ ކަސޯޓީ ދޫކޮށްލި ސަބަބު ކިޔައިދީފައެވެ.

“އެއީ އަހަރެން ބޭނުންވެގެން ނިންމި ނިންމުމެއް ނޫން، ނޫނީ ކަސޯޓީގެ ޓީމުގެ ނިންމުމެއް ވެސް ނޫން. ހާލަތުގެ ގޮތުން އެ ޝޯއާ ވަކިވާން މަޖުބޫރުވީ”، ބަޖާޖުގެ ކެރެކްޓާ މަތިން ވަރަށް ހަނދާންވާ ކަން ފާޅުކުރަމުން ކަރަން ބުންޏެވެ. އެހެންނަމަވެސް މަސައްކަތަށްވުރެ ސިއްހަތު މާ މުހިއްމު ކަމަށް ބުންޏެވެ.

މީގެ އިތުރުން ބޮލީވުޑް އެކްޓްރެސް ބިޕާޝާ ބާސޫއާ އިނދެގެން އުޅޭ ކަރަން ބުނީ، މިފަދަ ހާލަތެއް (ކޮވިޑް-19) ނެތް ނަމަ އަދިވެސް ބަޖާޖުގެ ރޯލު އަދާކުރަމުންދާނީ އޭނާ ކަމަށެވެ. “ނުވަތަ ބަޖާޖު އެހާ އަވަހަށް ޝޫޓިންގ އަށް އެނބުރި ދާން ނުޖެހުން ނަމަވެސް އަހަރެން ޝޯއާ ވަކިނުވީސް. އެކަމަކު އެމީހުންނަށް ވަރަށް މުހިއްމު ބަޖާޖުގެ ސީންތައް އަވަހަށް ފައްޓަން”، ކަރަން ކިޔައިދިނެވެ.

ކަރަން ސިންގް ގްރޯވާ، 38، ބަޖާޖުގެ ރޯލު ދޫކޮށްލުމުން މިހާރު އެ ރޯލުން ފެނިގެންދަނީ ކަރަން ޕަޓޭލެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!