އެލެކްސް: އަހަންނަކީ ކެނެރީގޭ ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޓްވިޓާ އެކައުންޓު ކަމަށްވާ ‘އެލެކްސް ނަޝީދު’ އަކީ ހަމަ ރައީސް ނަޝީދު ކަމަށް އެ އެކައުންޓުން ކުރި ޓްވީޓަކުން ބުނެފިއެވެ.

އެހެން ބުނެފައިވަނީ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގޮތުން އެ އެކައުންޓުން ކުރި ޓްވީޓަކަށް ދެއްވި ރައްދަކާ ގުޅިގެންނެވެ. އެގޮތުން ވެރިފައި ކޮށްފައިވާ އެކައުންޓަކުން ޓްވީޓުތައް ކުރެއްވުމަށް ބުނެ މީހަކު ވަނީ “އެލެކްސް އަހުމަދަށް” ރައްދު ދީފައެވެ.

އެ ޓްވީޓަށް ރައްދުދީ “އެލެކްސް އަހުމަދު” ކޮށްފައިވާ ޓްވީޓެއްގައި ބުނީ، އެއީ ރައީސް ނަޝީދު ކަމަށާއި، އެއީ އެމަނިކުފާނުގެ ނުރަސްމީ ޓްވިޓަރ އެކައުންޓް ކަމަށެވެ.ރައީސް ނަޝީދު ވަނީ “އެލެކްސް އަހުމަދު” ނަމަކަށް ކިޔާ ޓްވިޓަރ އެކައުންޓުގެ ބެހޭގޮތުންް ވާހަކަފުޅު ދައްކަވާފައެވެ.

21،000 މީހުންނަށް ވުރެ ގިނަ މީހުން ފޮލޯކުރާ އެ އެކައުންޓަކީ ސީދާ އެމަނިކުފާނުގެ އެކައުންޓެއްތޯ ކުރި ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައިނުވި ނަމަވެސް އެމަނިކުފާނު އެކަން ދޮގުކުރައްވާފައެއް ވެސް ނުވެއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، އެލެކްސް ފުރަތަމަ އާންމުންނަށް އެނގިގެން ދިޔައީ އެލެކްސްގެ މަންމަ އަކީ ރައީސް ނަޝީދުގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ބުނި ހިސާބުން ކަމަށެވެ.

މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގައި އެންމެ އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މައްސަލަ މަޖިލިހަށް ވެއްދުމަށް އެމްޑީޕީގެ ތިރީހަކަށް މެމްބަރުން ވަނީ ސޮއިކުރައްވައިފައެވެ. އެ މައްސަލައިގައި އެންމެ ފުރަތަމަ ސޮއި ކުރެއްވީ ވެސް ރައީސް ނަޝީދެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!