މޫނުގެ ހަންގަނޑު އޮމާންކޮށް ކުލަ އަލިކުރުމަށް ކިތަންމެ ވަރަކަށް އެދުނަސް އަބަދުވެސް ބާރުގަދަ ކެމިކަލްތަށް ހިމެނޭ ޕްރޮޑަކްޓްތަށް މޫނުގައި އުގުޅުމަށް ޖެހިލުންވެއެވެ. އެފަދަ ޕްރޮޑަކްޓް ތަކަށްވުރެ ޤުދުރަތީ ކޮންމެވެސް ރަގަނޅު އެއްޗަކަށް ބަރޯސާކުރެވޭ ވަރު ބޮޑުވެއެވެ.
އެހެން ނަމަވެސް ރަގަނޅު އެއްޗަކީ ކޮބައިހެއްޔެވެ؟
ހަނޑު ފުށަކީ މޫނުގެ ކުލަ ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަލިކޮއްލަދޭ މޫނުގެ ހަންގަނޑުގައި އިތުރުވާ ތެލުބައި ނައްތާލާ ސުކިން ރިޕެއާއެއްގެ މަސައްކަތް ކުރާ ވަރަށް ފައިދާހުރި އެއްޗެކެވެ.
ބެނުންކުރާނީ ކިހިނެއް؟
ހަނޑޫ ފުއް ތަފާތު އެތަށް ގޮތަކަށް ބޭނުންކުރެވިދާނެއެވެ.
- ހަނޑޫ ރީތިކޮށް މުގުރާލާށެވެ. ރީތިކޮށް ހިމުންވުމުން ނަގާފައި އޭގެ ތެރެއަށް އެއް ސަމްސާ ރޯކިރި ނޫނީ ޕްލެއިން ޔޯގަޓް އަޅާ ރީތިކޮށް އެއްކޮއްލާށެވެ. މޫނުގައި އުގުޅާލުމަށްފަހު 15 ވަރަކަށް މިނެޓް ބަހައްޓާފައި ދޮވެލާށެވެ. މިގޮތަށް ހަފްތާއަކު 2 ނޫނީ 3 ފަހަރު ތަކުރާރު ކުރާށެވެ.
- ގުރީންޓީ ގެ ސައިފަތް ޕެކެޓެއް ކުޑަ ހޫނުފެން ފޮދަކަށްލައި ކުލަ އަރަންދެން ބަހައްޓާށެވެ. އޭގެ ތެރެއަށް ދެ ސަމްސާ ހިމުންކޮށް މުގުރި ހަނޑޫ އަދި 2 ސަމްލާ ލުނބޯހުތް އަޅާށެވެ. އެއަށްފަހު ރީތިކޮށް އެއްކޮށްލާށެވެ. މޫނުގައި އުގުޅާލުމަށްފަހު 15 ވަރަކަށް މިނެޓް ބަހައްޓާފައި ދޮވެލާށެވެ. މިގޮތަށް ހަފްތާއަކު 2 ނޫނީ 3 ފަހަރު ތަކުރާރު ކުރާށެވެ.
މޫނުމަތީގައި ހުންނަ ބިއްސާއި ލަކުނު ނައްތާލުމަށް މިއީ ރަގަނޅު ފަރުޥާއެކެވެ.
- ކިއުކަމްބާ ގާނާލުމަށްފަހު ފެލާލާފައި އޭގެ ޖޫސްކޮޅު ނަގާށެވެ. އަދި 2 ސަމްސާ ހަނޑޫ ފުށުގެ ތެރެއަށް ރީތިކޮށް އެއްކޮށްލެވޭ ވަރަށް ކިއުކަމްބާ ޖޫސް އަޅައިގެ ރަގަނޅަށް އެއްކޮއްލާށެވެ. އެއަށްފަހު މޫނުގައި އުގުޅާލުމަށްފަހު ރީތިކޮށް ހިކެންދެން މަޑުކޮއްލާށެވެ. ހިކުމުން ފެނުން ދޮވެލާށެވެ. ދޮންނަ އިރު މަސާޖުކުރާހެން މުނުގައި ސާކިއުލޭޝަން މޯޝަންގައި އިގިލިތަށް ހާކަމުންދިއުން ވަރަށް މުހިއްމެވެ. މިގޮތަށް ހަފްތާއަކު ދެފަހަރު ހަދާށެވެ.
- 1 ސަމްސާ ހިމުންކޮށް މުގުރި ހަނޑޫގެ ތެރެއަށް އެލޮވޭރާ ޖެލް އަޅައިގެން ރަގަޅަށް ގަށާލުމަށްފަހު އުގުޅާލާށެވެ. އަދި ހިކެންދެން ބަހައްޓާށެވެ. ހިކުމުން ދޮވެލާށެވެ. މިގޮތަށް ހަފްތާއަކު އެއްފަހަރު ހަދަން ހަނދާން ކުރަންވާނެއެވެ.