ބީއެމްއެލްގެ ބައެއް ހިދުމަތްތަކަށް މިރޭ ބުރޫ އަރާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް ހިދުމަތްތަކަށް ބުރޫ އަރާނެ ކަަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ބުނީ މިރޭ ދަންވަރު 01:00ން 04:00ށް އިންޓަރނެޓް ބޭންކިންގއާ އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކާއި ޕޭމަންޓް ގޭޓްވޭއާ މޮބައިލް ޕޭ އަދި ޔޫއެސްޑީ ޕޯޓަލްގެ ހިދުމަތަށް ބުރޫ އަރާނެ ކަމަށެވެ. މި ގަޑިތަކުގައި ކުރިން ރާވާފައިވާ ގޮތަށް މެއިންޓެއިނަނަސް މަސައްކަތެއް ކުރިއަށްދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެ ގަޑި ހިޔާރުކޮށްފައިވަނީ އެންމެ މަދުން އެގަޑީގައި ހިދުމަތް ބޭނުން ކުރާނެ ކަސްޓަމަރުން އުޅޭނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!