ޝިލްޕާ ޝެޓީގެ ފޭނުންތަށް ކޮބާ؟ ޝިލްޕާގެ އަސްލު ނަން އެގޭތަ؟

ޝިލްޕާ ޝެޓީއަކީ ބޮލީވުޑުގައި މަޝްހޫރު އެކްޓަރެސްއެއްގެ އިތުރުން ކާމިޔާބު ވިޔަފާރިވެރިއެއްވެސްމެއެވެ. ފުރަތަމަ ފިލްމު ބާޒީގަރުން ޝިލްޕާ ހޯދި ކާމިޔާބީއާއި އެކު މިއަދާ ހަމައަށްވެސް އެންޓަޓެއިންމެންޓް ދާއިރާގައި މަޤުބޫލު ތަރިއެކެވެ.ޝިލްޕާއަކީ ފިލްމު އިންޑަސްޓްރީގައި ދިގު މާޒީއެއް ކަޑަތުކޮއްފައިވާ ތަރިއަކަށްވާއިރު ތަފާތު އެތަން ހާލަތްތަކަކާ ކުރިމަތިވެފައިވާނެއެވެ. މިއަދު މިހިމަނާލަނީ ޝިލްޕާގެ ދިރިއުޅުމާއި ގުޅުންހުރި ބައެއް ކަންތަށްތަކެވެ.

 1. ޝިލްޕާ ޝެޓީގެ އަސްލު ނަމަކީ އަޝްވިނީ ޝެޓީއެވެ.
 2. ބޮލީވުޑް ގައި މަސައްކަތްކުރަން ފެށުމުގެ ކުރިން ޝިލްޕާއަކީ މޮޑެލްއެކެވެ. 1991 ފެށިގެން ޝިލްޕާއައީ މޮޑެލްކުރަމުންނެވެ.
 3. ޝިލްޕާ ޝެޓީގެ ބައްޕަ ސުރެންދުރަ ޝެޓީއަކީވެސް އެކްޓަރެކެވެ. ޔާދޯކީ ބާރާތު ރަފޫ ޗައްކަރުފަދަ ފިލްމުތަކުން ސުރެންދުރަ ފެނިގެން ގޮސްފައިވެއެވެ.
 4. ޝިލްޕާގެ މަންމައަކީ 70ގެ އަހަރު ތަކުގެ ތެރޭގައި ފިލްމު އިންޓަސްޓްރީގައި ހަރަކާތްތެރިވެފައިވާ އެކްޓްރެސްއެކެވެ.
 5. އެއިޑްސް ބަލީގެ ޝިކާރައަކަށްވެފައިވާ ބަލިމީހެއްގެ ރޯލުން ޝިލްޕާ ފެނިގެން ގޮސްފައިވާ ޕިރު މިލޭންގޭ އިން އޭނާއަށް ލިބުނު ފައިސާ ވަނީ އެއިޑްސް ޗެރެޓީއަށް ޑޮނޭޓް ކޮއްފައެވެ.
 6. 2007 ވަނަ އަހަރު ޔޯކޭގައި އޮތް ސެލެބްރެޓީސް އަށް ހާއްސަ ރިއަލިޓީ ޝޯއެއްކަމަށްވާ ބިގް ބުރަދަރު ގައި ބައިވެރިވެ އޭނާވަނީ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައެވެ. އަދި އެ ޝޯގެ އެއްވަނަވެސް ވަނީ ހޯދާފައެވެ.
 7. ބޮލީވުޑުގެ އެތަށް އެކްޓަރުންނާއި ސެލެބްރެޓީސްއާއި ގުޅުން އޮންނަ ކަމަށް އެކި ފަހަރުމަތިން އެތަށް ވާހަކަތަކެއް ވަނީ ފެތުރިގެންގޮސްފައެވެ. ސިލްޕާ ރާޖު ކުންޑުރާ އާއި ކައިވެނި ކުރުމުގެ ކުރިން އެއްފަހަރަކުވަނީ މިއުޒިކް ޑިރެކްޓަރ ސަންޑީޕް ޗޯތާ އާއި އެނެގޭޖުވެސްކޮއްފައެވެ.
 8. ޝިލްޕާއަކީ 2017 ވަނަ އަހަރު އިންޑިއާގެ ސުވެޗް ބާރަތު މިޝަންގެ ބްރޭންޑް އެމްބެސެޑަރުކަންވެސް ކޮއްފައިވާ ތަރިއެކެވެ.
 9. ފުރަތަމަ ފަހަރަށް ޝިލްޕާ ޓީވީ ޕްރޮޑިއުސާއެއްގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ 2014 ވަނަ އަހަރު ޓިޥީއިން ދެއްކި ރިއަލިޓީ ޝޯއެއް ކަމަށްވާ ސޯނޭ ކާ ދިލް އިންނެވެ. ޝިލްޕާ ހޯސްޓް ކޮއްފައިވާ މި ޝޯއަކީ ބޭނުންތަށް ނުފުދޭ މީހުންނަށް އެހީވާ އާދައިގެ މެދުފަންތީގެ މީހުން އަމާޒުކޮއްގެން ގެނެސްދިން ޝޯއެކެވެ. ޝިލްޕާއާއި އެކު މިޝޯ ޕްރޮޑިއުސްކުރުމުގައި ދެން ހަރަކާތްތެރިވެފައިވަނީ އޭނާގެ ފިރިމީހާ ރާޖެވެ.
 10. ޝިލްޕާއަކީ  ކަރާޓޭ އަދި ޔޯގާވެސް ކިޔަވައިގެންހުރި އެކްޓްރެސް އެކެވެ. 2015 ވަނަ އަހަރު އޭނާ ވަނީ ފިޓްނެސް ޔޯގާގެ ޑިވީޑީއެއްވެސް ނެރެފައެވެ.
 11. 2006 ވަނަ އަހަރުން ފެށިގެން ޕެޓާ ( ޖަނަވާރުންގެ ޙައްޤުތަށް ދިފާއުކުރާ ޖަމިއްޔާއެއް ) ގައި މަސައްކަތްކުރަމުން އަންނަ ޝިލްޕާއަކީ ޖަނަވާރުންނަށް ލޯބިކުރާ އަދި އެފަދަ ކަންކަމުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅޭ މީހެކެވެ.
 12. ޝިލްޕާއާއި އަކްޝޭ ކުމާރުވަނީ ލޯބީގެ ގޮތުން ގުޅިފައެވެ. އަކްޝޭ ދެކެ ލޯބިވާކަން އޭނާ ހާމަކޮއްފައިވަނިކޮށް އަކްޝޭ ޝިލްޕާއާއި ގުޅުން ވަނީ ކަޑާލާފައެވެ. މިއީ ޝިލްޕާ ބޮލީވުޑުގައި ކުރިއަރަމުން ފިޔަޖަހަމުން އައި ޅަދުވަސްތަކުން ސަފްހާއެއްގެ ވާހަކައެވެ.

މި ހިއްސާކޮށްލީ ޝިލްޕާ ޝެޓީއާއި ގުޅޭގޮތުން ފޭނުންނަށް ނޭގިވާ 12 ސިއްރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!