9 ރިސޯޓަކުން 5 ފަތުރުވެރިންނާއި 12 މުވައްޒިފުން ޕޮޒިޓިވް

މިވަގުތު ނުވަ ރިސޯޓަކުން ފަސް ފަތުރުވެރިންނާއި 12 މުވައްޒިފުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ފަސް ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރިސޯޓްތަކުގައި މަސައްކަތް ކުރަމުންދާ 12 މުވައްޒިފަކުވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮންކޮން ރިސޯޓްތަކަކުން ކަމެއް އެޗްޕީއޭއިން ނުބުނެއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިއެކެވެ. އޭގެ ފަހުން މިމަހުގެ ހަތަރުވަނަ ދުވަހު ރާއްޖެއިން ފުރަން ވެގެން ޓެސްޓްކުރި ފަތުރުވެރިއަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިވަގުތު މާލެ ސިޓީގެ އިތުރުން 15 ރަށެއްގައިވެސް ކޮވިޑްގެ ބަލި މީހުން އެބަތިއްބެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!