ކްރިސީ ޓެއިގަން ތިންވަނަ ދަރިފުޅަށް ބަނޑުބޮޑު

ކްރިސީ ޓެއިގަން އާއި ޖޯން ލެޖެންޑް އަށް ތިންވަނަ ދަރިއަކަށް ބަނޑުބޮޑުވެއްޖެއެވެ.

މި ދެމަފިރިންގެ ވަރަށްގާތް މީހަކު ސީއެންއެން އަށް ދިން މައުލޫމާތުން އެގިފައިވާގޮތުގައި ކްރިސީ މިހާރު އިނީ ތިންވަނަ ދަރިއަކަށް މަރުހަބާ ކިއުމަށް ތައްޔާރުވެފައިއެވެ. މިހާރުވެސް މި ދެމީހުންގެ ދެކުދިން ތިބެއެވެ. ދޮށީ ކުއްޖާ އަށް 4 އހަރު ވެފައިވާއިރު ހަގު ކުއްޖާ އަށް ވީ 2 އަހަރެވެ.

ކްރިސީ މާބަނޑު ކަމަށް ޝައްކު ކުރެވެން ފެށީ ޖޯން އާއި ގެރީ ކްލާކްގެ އާ ލަވަ ވައިލްޑް އިން އެ އާއިލާ ދައްކާލުމުންނެވެ. ލަވައިން ފެންނަ ގޮތުން ކްރީސީ ބްނޑުގައި ބޭބީ ބަމްޕް ފެންނަ ގޮތަށް ބައްދާލައިގެން އިނދެއެވެ. އަދި ހަމަ އެހެންމެ ޖޯން ފަހަރުން އައިސް ކްރިސީ ގައިގައި ބައްދާލައެވެ.

މި ދެތަރިންނަކީ ސޯޝަލް މީޑީއާގައި ވަރަށް މަގުބޫލު އަދި ފޭނުން ލޯބިކުރާ ދެ ތަރިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!